Sunday, November 24, 2024

ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް އައިސީޓީ ބޭނުންކުރާނެ ގޮތްތައް

 

ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް އައިސީޓީ ބޭނުންކުރާނެ ގޮތްތައް



  ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް އައި.ސީ.ޓީ ބޭނުންކުރާނެ ތަފާތު ގޮތްތައް މިއަދު މިވަނީ ހޯދާފައެވެ. މިގޮތުން އެސިސްޓިވް ޓެކްނޮލޮޖީ: ދަރިވަރުންގެ ބޭނުންތަކަށް ފުދޭ ގޮތަށް ތައުލީމީ ކޮންޓެންޓް ހޯދުމަށް އެހީތެރިވެދެއެވެ. 

  މިސާލެއްގެ ގޮތުން ހިމެނެނީ؛

  ސްކްރީންރީޑަރސް: ލިޔުން ބްރޭލް ނުވަތަ އޯޑިއޯއަށް ބަދަލުކުރުން

  އަޑު ދެނެގަތުން: ކޮގްނިޝަން އަދި އުނގެނުމުގެ ދަތިކަން ހުންނަ ދަރިވަރުންނަށް 





މީގެއިތުރުން ގޫގުލް އެޕްލިކޭޝަންތައް: ގިނަ ގޫގުލް އެޕްލިކޭޝަންތަކުގައި ޓެކްސްޓް ޓު ސްޕީޗް އަދި ސްޕީޗް ޓު ޓެކްސްޓް: މި ވަސީލަތްތަކުގެ ސަބަބުން ކިޔެވުމާއި ލިޔުމުގެދަތިކަން ހުންނަ ދަރިވަރުންނަށް އެހީތެރިވެދެއެވެ.
ވާޗުއަލް ރިއަލިޓީ (ވީއާރު): އޮންލައިންކޮށް އުނގެނުމުގެ ތެރޭގައި ކްލާސްރޫމް ސެޓިންގއެއްގައި ދަރިވަރުންނަށް ބައިވެރިވުމުގެ ފުރުސަތު ލިބިގެންދެއެވެ.
އާޓިފިޝަލް އިންޓެލިޖެންސް (އޭއައި): ފިލާވަޅުތައް ޕާސަނަލައިޒްކޮށް، އެމީހުންގެ ބޭނުންތައް ކުރިން ދެނެގަނެގެން މުދައްރިސުންނަށް އެހީތެރިވެދެއެވެ.

އަދި ސޯޝަލް މީޑިއާ: ފޭސްބުކް، އިންސްޓަގްރާމް، އަދި ޓްވިޓާ ފަދަ ޕްލެޓްފޯމްތަކުގެ އެހީގައި ދަރިވަރުންނަށް އެކުވެރިންނާ ގުޅިގެން ތަޖުރިބާތައް ހިއްސާކުރެވޭނެ އެވެ.
ވީޑިއޯ ކޮންފަރެންސިން: ޒޫމް އަދި ގޫގުލް މީޓް ފަދަ ޓޫލްތަކުގެ ސަބަބުން ކްލާސް ކުދިންނާއި ޓީޗަރުންނާ ފޭސް ޓު ފޭސް މުއާމަލާތް ކުރެވޭނެ އެވެ.
އޮންލައިން ފޯރަމްތައް: ރެޑިޓް  Redditއަދި ޑިސްކޯޑް  Discordފަދަ ވެބްސައިޓްތަކުން    ދަރިވަރުން  ޝައުގުވެރިވާ މައުޟޫއުތަކާ ބެހޭ ގޮތުން މަޝްވަރާކޮށް ސަޕޯޓް ހޯދުމަށް ރައްކާތެރި މާޙައުލެއް ލިބިގެންދާނެ އެވެ.



 ޞަފްޙާ :6   ތައްޔާރުކުރީ: ސައުސަން ޢަބްދުއްރަޙީމް    BTQ:1    2024

No comments:

Post a Comment

ފުރަތަމަ ޞަފަހާ ( ކަވަރޕޭޖް)

                    ޒިކުރާ އިންޓަރނޭޝަނަލް ކޮލެޖް                   ކޯހުގެނަން: ޤުރާން މުދައްރިސް ޑިގްރީކޯސް/ ބެޗް 01                     ...