އުނގަންނައިދިނުމުގައި މައިކްރޯސޮފްޓް އޮފީސް ބޭނުންކުރުން
ކޮންމެ ދުވަހެއްގެ ކިޔަވައިދިނުމުގައި އެކްސެލް ބޭނުންކުރެވިދާނެ ގޮތްތައް
ރިސާޗް ޝެޑިއުލް ކުރުމާއި، ޓޫ-ޑޫ ލިސްޓްތައް އުފެއްދުމާއި، ރިސާޗް ކުރިއަށް ގެންދިއުމުގައި ލިބިފައިވާ ކުރިއެރުންތައް ޓްރެކް ކުރުމަށް އެކްސެލް އިން އެހީތެރިވެދެ އެވެ.އަދި ދަރިވަރުންނަށް މައުލޫމާތު ހުށަހެޅުމާއި ދަރިވަރުންގެ ކުރިއެރުމާއި އެސެސްމަންޓްތަކަށް ޑޭޓާ ރެކޯޑްތައް ބެލެހެއްޓުމަށް މޮޅު އެއްޗެކެވެ. ގްރާފްތަކާއި ޗާޓްތަކުން ކޮމްޕްލެކްސް މައުލޫމާތުތައް މާ ވިޝުއަލް ފޯމެޓެއްގައި ފައިދާހުރި ގޮތެއްގައި ހުށަހަޅައިދެއެވެ؛ ބައެއް ދަރިވަރުންނަށް ޗާޓެއް ނުވަތަ ގްރާފެއްގައި ޑޭޓާއާއި މައުލޫމާތު ފަސޭހައިން ވިސްނޭނެއެވެ.
ވޯޑްގައި
ކިޔަވައިދިނުމުގެ މާއްދާތައް ތައްޔާރުކުރުން.
ޓެކްނޮލޮޖީގެގޮތުން ދުނިޔެ ތަރައްޤީވެ ކުރިއަރާފައިވާ މި ޒަމާނުގައި އުނގެނުމާއިއުނގަންނައި ދިނުމުގެ ތަފާތު އެންވާރަމެންޓްތަކުގައި ޓެކްނޮލޮޖީގެ ބޭނުން ދަނީ ކުރަމުންނެވެ.މި ގޮތުން ވޯޑަކީވެސް ކިޔަވައިދިނުމުގައި ތަފާތު މާއްދާތައް ފަސޭހަކަމާއެކު ތައްޔާރު ކޮށްލެވޭއައި.ސީ.ޓީ ޓޫލެކެވެ. މިގޮތުން ލެސަންޕްލޭން ހެދުމާއި،ވޯރްކްޝީޓްހެދުމާއި، އެސައިމެންޓް ހެދުން ފަދަކަންތައްތައް މިހާރު ވަރަށްފަސޭހަކަމާއކު ތައްޔާރު ކޮށްލެވެއެވެ.
ޕަވަރ ޕޮއިންޓް ބޭނުންކޮށްގެން ހުށަހަޅައިދިނުމުގެ
ތަކެތި ތައްޔާރުކުރުން
- ފިލާވަޅުތައް ފަސޭހައިން ނަގައިދިނުމަށް ޕަވަރޕޮއިންޓް ޕްރެޒެންޓޭޝަން ތައްޔާރުކުރުން
- މީޓިންތަކުގައި ދައްކާން ބޭނުންވާ ވާހަކަތައް ދެއްކުމަށް ޕްރެޒެންޓޭޝަންތައްޔާރުކުރުން
· އެމްސީކިއުކުއިޒް ތައްޔާރުކުރުން
ޞަފްޙާ :3 ތައްޔާރުކުރީ: ސައުސަން ޢަބްދުއްރަޙީމް BTQ:1 202
No comments:
Post a Comment